ފިޗުން ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ-' އަށް މިއަދު ވަނީ މަތިކޮށްފައެވެ.
ފިޗުން ހާމަކުރި ގޮތުގައި މި ބަދަލު ގެނައީ މިދިޔަ އޭޕްރިލް މަހު ދައްކަންޖެހުނު ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ކުޑަވެފައިވާތީއެވެ.
އެ އިދާރާއިން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ބޭރުގެ ދަރަނީގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރާ ސުކޫކް ދައްކައި ނިންމުމަކީ އިގްތިސާދީ ނުރައްކާތަކުން ސަލާމަތްވުމަށް ލިބުނު ބޮޑު ލުޔެކެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ ދަރަނި އަދާކުރަންޖެހޭ މިންވަރު މަދުވުމާއި ބައިނަލްއަގުވާމީ އެހީތެރިކަން ލިބެމުންދިއުމަކީ މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ ރިޒާވް ވަރުގަދަކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ފިޗުން ބުނެފައިވެއެވެ.
މި ކުރިއެރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، ރޭޓިންއަށް އައި މި ހެޔޮ ބަދަލަކީ ވޭތުވެދިޔަ އަހަރު ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ދަރަނި މެނޭޖުކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ