އިޒުރޭލުގެ ހަތިޔާރު އެޅި ސިފައިންގެ އެހީތެރިކަމާއެކު އެ ގައުމުގެ ހަރުކަށި ވަޒަންވެރިން އަލްއަގްސާ މިސްކިތުގެ ހަރަމްފުޅަށް ވަދެގަނެ، އެތަނުގައި އިޒުރޭލުގެ ދިދަ އުފުލައި ނަމާދުކުރަންދާ މުސްލިމުންނަށް އުނދަގޫ ކުރަމުންދާ ދިއުން ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިޒުރޭލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ސީދާ ހިލާފު ކަންތައްތަކެކެވެ.
އަދި މިއީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ގާނޫނީ އަދި ތާރީހީ ހައިސިއްޔަތު ނައްތާލުމަށްޓަކައި ރޭވުންތެރިކަމާއެކު ހިންގާ އަމަލުތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަލްއަގްސާ މިސްކިތުގެ މިހާރު އޮތް ހާލަތު ބަދަލުކުރުމަށް އިޒުރޭލުން ކުރަމުންދާ މަސައްކަތްތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ ވަކާލާތުތަކުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ