އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރައްވައިފިއެވެ.
މި ދާއިރާގެ ގޮނޑި ހުސްވާން މެދުވެރިވީ ކުރިން އެ ގޮނޑި ފުރުއްވި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން، އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މިއަދު ކުރިއަށްދިޔަ މި އިންތިހާބުގައި ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ސޯބެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީ ނަތީޖާ ހާމަނުކުރި ނަމަވެސް، އެންމެ ފޮށްޓެއް ފިޔަވައި ހުރިހާ ފޮށްޓަކުން ސޯބެ ވަނީ ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ. އެހެންކަމުން، މިހާރުގެ ނަތީޖާއަށް ބަލާއިރު އެ ދާއިރާގެ ގޮނޑި ސޯބެއަށް ވަނީ ޔަގީންވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ