ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޒަމީރު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވެވީ ސިއްހީ ސަބަބުތަކަކާއި ގުޅިގެން ކަމަށެވެ.
މި ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުކަމުގެ މަގާމުގައެވެ. ފިނޭންސް މިނިސްޓަރުކަމަށް ޒަމީރު އައްޔަން ކުރެއްވީ 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުއެވެ.
ޒަމީރު އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ދެކެވެމުން ދިޔަ ދަނޑިވަޅެއްގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ