މަގާމުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރުކަމުގެ ޝަރަފު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ ޖެހިޖެހިގެން 4،399 ދުވަސް ވަންދެން މަގާމުގައި ދެމިހުންނެވި މި ތާރީހީ ދުވަހާ ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކާމިޔާބީން ރަމްޒުކޮށްދެނީ އާންމު ހިދުމަތުގައި މޯދީ ހޭދަކުރެއްވި ދިގު އަހަރުތަކާއި، ދުރުވިސްނޭ ހިކުމަތްތެރި ލީޑަޝިޕް އަދި އިންޑިއާގެ ކުރިއެރުމަށް ކުރައްވާ މިންނެތް މަސައްކަތް ކަމަށެވެ.
މިއާއެކު މޯދީ ވެވަޑައިގެންފައިވަނީ އިންޑިއާގެ ތާރީހުގައި ވެސް އެންމެ ގިނަ ދުވަހު ޖެހިޖެހިގެން ބޮޑުވަޒީރުކަން ކުރެއްވި ލީޑަރަށެވެ.
ބޮޑުވަޒީރު މޯދީގެ ލީޑަޝިޕްގެ ދަށުން އިންޑިއާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އިންޑިއާއިން އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އާ އީޖާދުތަކާއި ޑިޖިޓަލް ރޮނގުންނާއި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އިންޑިއާގެ ހާރިޖީ ސިޔާސަތު ވަރުގަދަކޮށް، އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ އެހެން ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ބާރެއްގެ ގޮތުގައި އިންޑިއާގެ މަގާމޔ އުފުލައިދީފައިވާކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދުގެ މެސެޖުގައި، އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ރާއްޖެއަށް އަބަދުވެސް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ބޮޑުވަޒީރު މޯދީ ތަކުރާރުކޮށް ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ކުރިއަށްވުރެ ފުޅާވެ، އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށާއި، ރާއްޖޭގެ އެންމެ އިތުބާރު ހުރި އަވަށްޓެރިޔާގެ ގޮތުގައްޔާއި، ކަމެއް ދިމާވާ ހިނދު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތުގެ ގޮތުގައި، އަދި ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާގެ ދައުރު ބޮޑުވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ