ދިވެހިރާއްޖޭގައި ހިމަބިހި ފެތުރުން ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން، އަވަށްޓެރި އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ވެކްސިނާއި ތިން ޓަނުގެ ބޭސްފަރުވާގެ ސާމާނު މިއަދު ރާއްޖެއަށް ފޯރުކޮށްދީފިއެވެ.
މި ތަކެއްޗާ ހަވާލުވުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ދައުލަތުގެ ފަރާތުން މި އެހީއާ ރަމްޒީގޮތުން ހަވާލުވެވަޑައިގެންނެވީ ސިއްހީ ވަޒީރު ގީލާ އަލީއެވެ. އިންޑިއާގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެހީގެ ތެރޭގައި ހިމެނޭ އެމްއެމްއާރް ވެކްސިނާއި ބަލި ދެނެގަންނަން ބޭނުންވާ ޓެސްޓު ކިޓްތަކަކީ، މިހާރު ރާއްޖޭގައި ފެތުރެމުންދާ ބަލި ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމު ވަގުތެއްގައި ލިބުނު އެހީތެރިކަމެކެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ރާއްޖެއަށް ދިމާވާ ސިއްހީ ކަންކަމުގައި އިންޑިއާއިން އަބަދުވެސް ދޭ އެއްބާރުލުން ފާހަގަކުރައްވައި އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ.
އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިވަގުތު އިސްކަންދެނީ ސިއްހީ ހިދުމަތްތެރިންނާއި، ބަލިޖެހިފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ މީހުންނަށް ވެކްސިން ޖެހުމަށެވެ. އަދި އާންމު ރައްޔިތުންނަށް ޖެހުމަށް ބޭނުންވާ އިތުރު ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކުރިން ބުނެފައިވެއެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވީ ނަމަވެސް، އޭގެ ފަހުން ވެސް މަދުމަދުން ބިދޭސީންގެ ފަރާތުން މި ބަލި ފެންނަމުންދެއެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި ދިވެހިން ހިމެނޭހެން 15 މީހަކަށް މި ބަލި ޖެހުމާ ގުޅިގެން ހާލަތު ވަނީ ސީރިއަސްވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ