އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.
އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 14:30 ގައެވެ. ވޯޓުލުން ނިމޭނެ ގަޑިއެއް ކަމަށް އެމްޑީޕީން ބުނެފައި ވަނީ މިރޭގެ 20:30 ގައެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފެށިއިރު ފާއިތުވެދިޔަ ދުވަސްތަކުގައި ދެ ކެންޑިޑޭޓުން ވެސް ވަނީ ވަރަށް ފޯރިގަދަ ކެމްޕެއިނެއް ކޮށްފައެވެ. ކެމްޕެއިންގެ ތެރޭގައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައިވެއެވެ.
މިއަދު ކުރިޔަށްދާ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިޔަށް ދާއިރު ސްރީލަންކާގައި ވެސް މި އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ