ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޒީނާޒު އަދުނާން އައްޔަންކުރައްވައިފިއެވެ.
ޒީނާޒަކީ މީގެކުރިން ލޯކަލް ގަވަނަންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުންނެވެ. ސަރުކާރުގެ ފަރާތުން މި އައްޔަންކުރުމާ ގުޅޭގޮތުން ރަސްމީކޮށް އަދި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ޒީނާޒަށް އެ މަގާމު ދެއްވާފައިވާކަން "ހަތާވީސް" އަށް މިހާރު ވަނީ ކަށަވަރުވެފައެވެ.
ޒީނާޒަކީ މި ސަރުކާރުގެ ކުރީކޮޅު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރައްވާފައެވެ.
ޒީނާޒުގެ ފިރިކަލުން އާދަމް ޝަރީފް އުމަރު ވަނީ ދާދިފަހުން ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ރައީސް ގެންނަވަން ނިންމެވި ބަދަލުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އާދަމް ޝަރީފް ވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ގަތަރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އޭނާ އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ