ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގައި ވެސް ނަމާދު ވަގުތު ޖެހުމުން 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އިއްޔެ އަމުރުކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ބަންގި ގޮވުމާއެކު 20 މިނެޓުގެ މުއްދަތަކަށް ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލުމަކީ މިހާރުގެ ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ ސިޔާސަތެކެވެ.
މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި އެސޯސިއޭޝަންތަކުގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ހަރަކާތެއްގައި މި އުސޫލަށް އަމަލުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ކްލަބްތަކާއި އެކަޑަމީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ހަރަކާތްތައް ވެސް މި ނިންމުމުގެ ތެރޭގައި ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައި ނަމާދު ވަގުތަށް ކުޅުން މެދުކަނޑާލުމާއި، އެ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ކުރީކޮޅު ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، ނަމާދު ވަގުތު ޖެހުމުން ވެސް ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ދިވެހިންގެ ތެރޭގައި އޮތް ނުރަނގަޅު އާދައެކެވެ. ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާއިރު، އަމަލީ ކަންކަން ބިނާވާންވާނީ އެ ހަގީގަތުގެ މައްޗަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު އަންނަނީ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރު އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ފެސިލިޓީތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކުރަމުންނެވެ.
މިގޮތުން، ގިނަ ބަޔަކު ބޭނުންކުރާ މާފަންނު ސްޓޭޑިއަމާއި އެކުވެނި ފަދަ ތަންތަނުގައި ޒަމާނީ ނަމާދުކުރާ ކޮޓަރިތައް ވަރަށް އަވަހަށް ބިނާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލާއެކު، ނަމާދު ވަގުތު ނުގެއްލޭ ގޮތަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ