އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި އަދި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށާއި، މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށެވެ. މި ދެ މީހުންނަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުހުންނެވެ.
ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި، އެންމެ ފުރަތަމަ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މާވިންގެ މައްޗަށެވެ. އޭގެ ފަހުން، މި މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ލަމްހާގެ މައްޗަށް ވެސް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލާގައި ހިމެނޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އެ މީހުންނަށް ދޭނެ އަދަބެއް މިއަދު ކަނޑައަޅާފައެއް ނުވެއެވެ.
ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުންގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ