ދައުލަތުގެ އާއްމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި، ގަރާރެއް ނެރުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ގަރާރަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައި ޔާންކޮށްފައިވާތީ، އެ ގާނޫނުގެ ދަށުން ޝާއިއުކޮށްފައިވާ ގަރާރެކެވެ.
އެ ގަރާރުގެ ޖަދުވަލުގައި، ކުރިން ބަޔާންކޮށްފައިވާ ސިޔާސަތުތަކުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ބަޔާންކޮށްފައިވެއެވެ.
ގަރާރުގައިވާ ބައެއް މަޝްރޫއުތަކާއި އަގުތައް:
އައްސޭރި ޓޫރިޒަމް ހިންގުން - 4،000،000 ޑޮލަރު
ކޮންމެ އަތޮޅެެއްގައި ނޭޗާ ޕާކު ތަރައްގީ ކުރުމާއި ކޮންމެ އަތޮޅެއްގައި ހެރިޓޭޖު ޓޫރިޒަމް ތަރައްގީ ކުރުން - 4،000،000 ޑޮލަރު
އެކި ސަރަހައްދުތަކުގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީ ކުރުން - 5،000،000 ޑޮލަރު
ޑޮމެސްޓިކް އެއާޕޯޓުތައް އިންޓަނޭޝަނަލް ކުރުން - 5،000،000 ޑޮލަރު
އެކި ސަރަހައްދުތަކުގައި އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުން - 7،000،000 ޑޮލަރު
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ