ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް އަންގައިފިއެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އެ ތަންތަނުގެ ޒިންމާތައް އެ އޮތޯރިޓީއާ މަތިކޮށްފައިވާތީ، މުޅި އަތޮޅުގެ ތަރައްގީއާ ގުޅުންހުރި ކަންކަން ބެލެހެއްޓުމަކީ އެލްޖީއޭގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އެހެންކަމުން، އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ފަދަ ބޯޑެއް އުފެއްދުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ. އަދި އެފަދަ ނިންމުމަކީ އަތޮޅު ކައުންސިލްތައް އުވާލުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ އަސާސީ މަގުސަދާ ފުށުއަރާ ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މި މައްސަލައިގައި އެލްޖީއޭ އިން ވަނީ އެ ބޯޑު އެކުލަވާލުމަށް ރަށްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އަންގައި، އެފަދަ ނިންމުމެއް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމަށް އެދިފައެވެ.
ހދ. އަތޮޅުގެ ރަށްތައް ހިމެނޭ ގޮތަށް މިފަދަ ބޯޑެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ މޭޔަރު މުހައްމަދު އާތިފެވެ. މިކަމަށް ތާއީދު ހޯއްދެވުމުގެ ގޮތުން އޭނާ ވަނީ އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލް ރައީސުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ