ވޭތުވެދިޔަ ހަތް އަހަރު ދުވަހު އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި މުހިންމު ހިދުމަތްތަކެއް ކުރެއްވުމަށްފަހު، އައްޝައިހް އިބްރާހިމް ރަޝީދު ހަސަން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްލާމީ މަރުކަޒުގެ އިމާމްކަމުގެ ޒިންމާ އުފުލުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އޭނާއަށް ލިބިވަޑައިގަތް ވަރަށް މަތިވެރި ފަހުރެކެވެ.
މަގާމުން ވަކިވެވަޑައިގަންނަވަމުން، އޭނާއަށް އިތުބާރު ކުރައްވައި އެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ކަމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝައިހް ވަނީ އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، މަސައްކަތުގެ ދާއިރާގައި އެހީތެރިކަން ދެއްވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީގެ އިތުރުން، މިހާރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވި އިރުޝާދުތަކާއި ނަސޭހަތްތަކަށްޓަކައި އެ ބޭފުޅުންނަށްވެސް ޝައިހް ވަނީ ޝުކުރު ދަންނަވާފައެވެ.
އިބްރާހިމް ރަޝީދު ހަސަން ހާމަކުރެއްވި ގޮތުގައި، އިމާމްކަމުގެ މަސްއޫލިއްޔަތުން ވަކިވެވަޑައިގަތުމުގެ މައިގަނޑު ސަބަބަކީ ތައުލީމީ ދާއިރާއިން ގައުމަށް ހިދުމަތް ކުރުމަށް ލިބިވަޑައިގަތް ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށް ވިދާޅުވެފައެވެ.
ޝައިހް މިހާރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ވަޒީފާއާ ގުޅިވަޑައިގެން، އެ މުއައްސަސާގައި މަސައްކަތް ކުރައްވަން ފަށްޓަވާފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ