މާލޭގެ އަމީނީމަގުގައި ފަހުން ތާރު އެޅި ބައި ހަލާކުވުމުން އެ މަގު ހެދުމަށް ބޭރުގެ ރޯޑް އިންޖިނިއަރެއް ގެންނަން އެ މަގު ހެދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފައި ވަނިކޮށް އެ މަގު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އަމީނީމަގުގެ ފަހު ސެގްމަންޓުގައި ތާރު އެޅީ މި ސަރުކާރު އައި ފަހުންނެވެ. އެ ސަރަހައްދުގައި މިހާރު ހުރީ "ރާޅު ބާނިތަކެއްހެން" ތާރުގަނޑު އަރައިފައެވެ.
ބައެއް މީޑިއާތަކުން އެކަން ރިޕޯޓު ކުރުމުން އެ ސަރަހައްދު ރަނގަޅު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މިހާރު އަނެއްކާވެސް އެ ސަރަހައްދު އޮތީ ހަމަ އިހު އޮތް ގޮތަށެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް މީގެކުރިން ވިދާޅުވީ އެ ސަރަހައްދުގައި އަލުން ތާރު އަޅަން ނިންމާފައިވާ ކަމަށާއި އެކަން ކުރަން ހަމަޖެހިފައި ވަނީ ބޭރުގެ ރޯޑް އިންޖިނިއަރެއް ގެނެސްގެން ކަމަށެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ އަމީނީމަގާއި އިއްޒުއްދީނުމަގާއި ބޮޑުތަކުރުފާނު މަގު ހެދުމަށް އެމްޓީސީސީއާ މިދިޔަ މަހުގެ 15ވަނަ ދުވަހު ހަވާލު ކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ