މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި އެންމެ ގިނައިން އިއްޔެ ވާރޭ ވެހުނު ކަމަށް ރިކޯޑު ކޮށްފައި ވަނީ ހުޅުމާލެ އާއި ބ. ދަރަވަންދޫ އަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ އިއްޔެ އާއި މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ވައިގަދަވުމާއެކު ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ.
އެގޮތުން އިއްޔެގެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00 އާއި ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ ކ. ހުޅުމާލެ އާއި ބ. ދަރަވަންދޫ އަށް ކަމަށާއި އެއީ 84 މިލިމީޓަރުގެ ވާރޭ ކަމަށް މެޓުން ބުންޏެވެ.
އިއްޔެ މެންދަމު 12 އިން ފެށިގެން ރޭގެ މެންދަމު 12އާ ހަމައަށް އާއްމު ވައި އެންމެ ގަދަވެފައި ވަނީ ކ. ހުޅުލެ އާއި ކުޅުދުއްފުށި ސިޓީ އަދި ނ. މާފަރަށް ކަމަށް މެޓުން ބުންޏެވެ. އެ ތިން ރަށަށް 17 މޭލު ބާރު މިނުގައި ވައި ޖެހުނެވެ.
ވިލާގަނޑުގައި އެންމެ ވައިގަދަވެފައި ވަނީ ލ. ކައްދޫ އަށް ކަމަށާއި އެގޮތުން ކައްދޫ އަށް 46 މޭލު ބާރު މިނުގައި ވައިޖެހުނު ކަމަށް މެޓުން ބުންޏެވެ.
މެޓުން މައުލޫމާތު ދޭ ގޮތުގައި މި ވިއްސާރާގައި މިއަދާއި އަދި މިރެއާ މާދަމާވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގަދަވުމުގެ ފުރުސަތު އެބައޮތެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ