މިފަހުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާފައިވާ ބޮޑެތި އަލިފާނުގެ ހާދިސާތަކަކީ ބަޔަކު މީހުން ގަސްތުގައި ކުރާ ކަމެއްތޯ ބެލުމަށް ރާއްޖެ އިން ބޭރުން، އެކަމަށް ހާއްސަ ތަޖުރިބާކާރުންތަކެއް ގެނެސްފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަލިފާނުގެ ހާދިސާތަކާއި ގުޅޭ ގޮތުން ބޮޑު ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެކަން އިތުރަށް ތަފްސީލު ކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުންތަކެއް ހަރަކާތްތެރިވާނެ ކަމަށެވެ. އެމީހުންނަކީ އަލިފާނުގެ ހާދިސާތަކާ ގުޅޭ ފޮރެންސިކް އެކްސްޕާޓުންތަކެެކެވެ. އަލިފާނުގެ ހާދިސާތަކާއި އެއްވެސް ބަޔަކާއި ގުޅުމެއް އޮތްތޯ މި ތަހުގީގުގެ ތެރެއިން ބަލާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާ “ޕީއެސްއެމް ނިއުސް” އިން ސީޕީ ހަމީދާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި މީގެކުރިން ހިނގާފައި ހުރި އަލިފާނުގެ ބޮޑެތި ހާދިސާތައް ތަހުގީގު ކުރުމަށްޓަކައި ބޭރުގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފަސޭހައިން މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގާފާނެ ތަންތަނާއި މެދު މިހާރަށްވުރެ ސަމާލުވާން ޖެހޭ ކަމަށާއި އެފަދަ އަމަލެއް ގަސްދުގައި ކޮށްފާނެ ކަމަށް ބެލެވޭނަމަ އެ މައުލޫމާތެއް ލަސްނުކޮށް ހިއްސާ ކުރުމަށް ސީޕީ އެދިލައްވާ ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
މިފަދަ ބޮޑު ތަހުގީގެއް ފުލުހުން ފަށާފައިވާއިރު މިއަދު މާލޭ ނީލަން ފިހާރަ ސަރަހައްދުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެތަން އެއްކޮށްހެން ވަނީ އަނދާ ހުލިވެފައެވެ. އަދި އިއްޔެ ގދ. ފިޔޯރީ ސްކޫލް އިމާރާތެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން ވެސް ވަނީ އަނދާ ހުލިވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ