އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޭއްވި "ދަތިވެއްޖެ" މުޒާހަރާ އަށް ފުލުހުން ހުރަސް އަޅައިފިއެވެ. މި މުޒާހަރާ އަށް ފުލުހުން ހުރަސް އަޅާފައި ވަނީ މަޖީދީ މަގުން މުޒާހަރާ ކުރަން ފުރުސަތު ނުދޭނެކަން އަންގާފައި ވަނިކޮށްވެސް އެ މަގުން މުޒާހަރާ ކުރުމަށް، މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރުމުންނެވެ.
ރަސްފަންނު ސަރަހައްދުން ފެށި މި ހިނގާލުން މަޖީދީމަގުން ކުރިއަށްގެންދިއުމަށް އެމްޑީޕީން އޮތީ ނިންމާފައެވެ.
މުޒާހަރާގެ އެންމެ ކުރީގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ހުންނެވިއެވެ. އަދި އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްވެސް ހުންނެވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް މި މުޒާހަރާގައި ބައިވެރިވެވަޑައިގަތެވެ.
މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ކުރިޔަށް ދަނިކޮށް ފުލުހުން ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅިއެވެ. މުޒާހަރާ އަށް ފުލުހުން ހުރަސް އެޅުމުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގިއެވެ.
މި މުޒާހަރާ އަކީ ތަކެތީގެ އަގު އުފުލި ޑޮލަރުގެ އަގުވެސް ބޮޑުތަނުން އުފުލެމުން އަންނާތީ އެކަމާއި ދެކޮޅަށް އެމްޑީޕީން އިންތިޒާމުކުރި މުޒާހަރާއެކެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި