މޯލްޑިވްސް ބްރާޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ތަރުތީބުކުރައްވައި، މަޖިލީހަށް ފޮނުއްވެވި ލިސްޓުގެ ކުރީގައި ޝިހާމް މުހައްމަދު ވަހީދު ހިމެނިއްޖެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމަށް ކުރިމަތިލާފައި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނަންތައް ތަރުތީބު ކުރައްވައި މަޖިލީހަށް ފޮނުއްވެވި ލިސްޓު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް އިއްވި ނަންތަކުގެ ތަރުތީބު:
- ޝިހާމް މުހައްމަދު ވަހީދު / ދަފްތަރު ނަން: ރސ: 5143
- ޝާން ސޯލިހް މުހައްމަދު / ދ. ކުޑަހުވަދޫ ފިނިވާދީ
- ހުސައިން އަމްރު / ވ. ރޯޝަން
- ޝަފާތު ޝަފީގު / ދ. މީދޫ، ބިއްލޫރިވިލާ
ޝިހާމް އަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ. އަދި މީގެކުރިން 2009ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާގެ ގޮނޑި އަށް ވެސް ޝިހާމް ވަނީ ވާދަ ކުރައްވާފައެވެ.
މީގެއިތުރުން ޝިހާމް ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ހުސައިން ފިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ވެސް ކުރިމަތިލައްވާފައެވެ. އޭރު މަޖިލީހަށް ފޮނުވި ލިސްޓުގައި ވެސް ޝިހާމްގެ ނަން ހިމެނިވަޑައިގަތެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އަށް މިއަދު ވަނީ ފޮނުވައިފައެވެ.
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އެންއައިސީއަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި