ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ތ. ހިރިލަންދޫ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ރައީސް ސޯލިހު މާދަމާ އެރަށަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ.
https://twitter.com/MvSpokesperson/status/1630823476922597377?s=20
ރައީސް ސޯލިހު މާދަމާ ތ. ހިރިލަންދޫ އަށް ވަޑައިގަންނަވާއިރު ސަރުކާރުން އަންނަނީ އެރަށުގައި ޖުމްލަ 17 މަޝްރޫއުއެއް ހިންގަމުންނެވެ. މީގެތެރޭގައި ތ.ހިރިލަންދޫ ސްކޫލް 3 ބުރި އިމާރާތުގެ 08 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި