ޕޮލިޓެކްނިކުގައި ކިޔަވާ ދަރިވަރުންނަށް މަސައްކަތުގެ ދާއިރާ އިން ތަޖުރިބާ ހޯދައި ދިނުމަށް ސްޓެލްކޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގައި އޮތް ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ. ޕޮލިޓެކްނުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމެވެ.
މި އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކުން ދަސްވެނިވާ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ދިނުމުގެ އިތުރުން ސްޓެލްކޯގައި މިހާރުވެސް މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެއްވެސް ކޮލިފިކޭޝަނެއް ނެތް މުވައްޒަފުންނަށް އެމްކިއުއޭ ލެވެލް ތިނެއްގެ ސެޓްފިކެޓް ލެވެލްގެ ތަމްރީނު ދިނުމަށް ވެސް ހިމެނެއެވެ.
އެ އެއްބަސްވުމަކީ ސަރުކާރުން މީހުން ބިނާ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ގާއިމް ކުރެވުނު އެއްބަސްވުމެކެވެ. އަދި ސްޓެލްކޯގެ އަމާޒަކީ މިއަހަރުގެ ތެރޭގައި އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ހުރިހާ މުވައްޒަފުންނަކީ ސެޓިފައިޑް ބަޔަކަށް ހެދުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކޮންމެ ސްޓޭޝަނެއްގައި ހުންނަ ޓެކްނިކަލް ހެޑުންނަކީ ވެސް ސެޓިފައިޑް ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި އެކުންފުނީގެ އަމާޒަކީ ކުންފުނީގެ އެކި ޑިޕާޓުމަންޓުގައި ތިބި މުވައްޒަފުންނަކީ ތައުލީމީ ގާބިލް ބަޔަކަށް ހެދުމެވެ.
"އެ ޓާގެޓު އެޗީވް ކުރުމަށްޓަކައި މި ތަމްރީނު ޕްރޮގްރާމު ކުރިޔަށް މި ގެންދަނީ. ހާއްސަކޮށް އަތޮޅު ތެރޭގައި ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައި އަޅުގަނޑުމެންގެ ޕަވާ ސްޓޭޝަންތަކުގައި މަސައްކަތް ކުރާ އަދި ފެނުގެ ނިޒާމު ގާއިމް ކުރެވިފައިވާ ރަށްރަށުގައާ ސްވަރޭޖު ސިސްޓަމް ގާއިމް ކުރެވިފައިވާ ރަށްރަށުގައި އަޅުގަނޑުމެންގެ ސްޓާފުން ތިބި... މި މީހުން ތަމްރީނު ކުރުން އަސާސީ ފެންވަރެއްގައި ތަމްރީނު ކުރުން މީގެ މައިގަނޑު ބޭނުމަކީ،" ޝަރީފް ވިދާޅުވިއެވެ.
ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވި މި އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކުގައި ކުދިންނަށް ކިޔަވާ ދޭ ފަރާތްތަކަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ސްޓެލްކޯގެ ވަސީލަތްތައް ބޭނުން ކޮށްގެން ތަޖުރިބާ ހޯދުމުގެ ފުރުސަތު އެފަރާތްތަކަށް ވެސް މި އެއްބަސްވުމުގެ ދަށުން ފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެން ކުންފުނީގެ ޑީއެމްޑީ ވެސް މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން ޕީޖީ އޮފީހުން ފިޔަވަޅުތަކެއް އަޅަން ނިންމައިފި
އެމްޕީއެލްގެ އެމްޑީ ރިޝްވާން މަގާމުން އިސްތިއުފާ ދެއްވައިފި
އެގްރޯނެޓުގެ އެމްޑީ މަގާމުން ވަކިކޮށްފި
ބޮޑުކުރި މަސްދަޅުގެ އަގު ކުރީގެ އަގަށް ތިރިކޮށްފި
ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުންދު މަގާމުން ވަކިކޮށްފި