މިއަހަރުގެ ރަމަޟާން މަހު ވެސް ހިޔާ ފްލެޓު ސަރަހައްދުގައި ވަގުތީ މާރުކޭޓުތަކެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީ އިން ވަނީ އެ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައެވެ. އެ ކޯޕަރޭޝަނުން ވަނީ ވަގުތީ މާރުކޭޓުން 18 ގޮޅިއެއް ދޫކުރުމަށް ނިންމާފައެވެ. މީގެތެރެއިން 9 ގޮޅިއެއް ހާއްސަ ކުރަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށެވެ. ބާކީ 9 ގޮޅި ދޫކުރަނީ އާއްމުކޮށް އިއުލާން ކޮށްގެންނެވެ.
ހިޔާ ފްލެޓު ސަރަހައްދުގައި ވަގުތީ މާރުކޭޓެއް އެޅުމުގެ މަގުސަދަކީ ރޯދަ މަހު މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކާބޯތަކެތި ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އިން ވަނީ މާލޭ ސިޓީ ކައުންސިލަށްވެސް ވަގުތީ މާރުކޭޓެއް މި ސަރަހައްދުގައި ހިންގުމަށް ބިން ހަމަޖައްސައިދީފައެވެ. އެގޮތަށް ހަމަޖެއްސުމަށް އެޗްޑީސީ އިން ނިންމީ ރޯދަމަހަކީ މިބާވަތުގެ ޙިދުމަތްތަކަށް އޮންނަ ޑިމާންޑް އިތުރު މައްސަރަކަށް ވުމުން، މިކަމުގެ ސަބަބުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ މަންފާއާއި ލާބައަށް ބަލާފައި ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ