މިއަހަރު ރާއްޖެ އިން ހައްޖަށް ގެންދިއުމަށް ލިބިފައިވާ ކޯޓާގެ އަދަދު 2500 އަށް އިތުރު ކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސައުދީ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.
ރާއްޖެ އަށް މިހާރު ލިބިފައި ވަނީ 1000 ހައްޖު ކޯޓާއެވެ. އެއީ ކޮވިޑްގެ ކުރިން ރާއްޖެ އަށް ލިބެމުން ދިޔަ އަދަދެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކައްދައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ސައުދީ ސަރުކާރުން ދޭ ރަސްމީ ހައްޖު ކޯޓާގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ރައީސް ސޯލިހުގެ އިސް ނެންގެވުމާއެކު ކުރަމުން އަންނަ ކަމަށެވެ.
"ރަސްމީ ކޯޓާ 1000ގެ ބަދަލުގައި ރަސްމީ ކޯޓާ 2500 އަށް ބަދަލު ކޮށްދެއްވުމަށް ރައީސް ވަނީ ސައުދީ ސަރުކާރަށް ދަންނަވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ރާއްޖެ އަށް 1،000 ހައްޖު ކޯޓާ ލިބުނުއިރު މިދިޔަ އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ލިބުނީ 453 ހައްޖު ކޯޓާއެވެ.
މިދިޔަ އަހަރު ހައްޖަށް ދިއުމަށް ރާއްޖެ އިން މީހުންނަށް ދެވުނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 65 އަހަރުން ދަށުގެ މީހުންނަށެވެ. މިދިޔަ އަހަރު ސައުދީ އަށް އެތެރެވުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ވެސް ޖެހެއެވެ.
މިއަހަރުގެ ހައްޖު ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ވަނީ ޖުލައި މަހުގެ 27ވަނަ ދުވަހެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ