މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން، އާއިލާއަށް ހަބަރެއް ނުވެ، ގެއްލިގެން ހޯދަމުންދާ މީހެއްގެ ފޮޓޯ އާއްމުކުރިތާ އެއް ދުވަސް ފަހުން، އޭނާ ފެނިއްޖެއެވެ.
ހޯދަމުން ދިޔައީ ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ)އެވެ.
ފުލުހުން އިއްޔެ ބުނީ ވީނުވީއެއް ނޭނގި އާރިފް ގެއްލިފައިވާ ކަމަށް ފެބުރުވަރީ 16 ވަނަ ދުވަހު ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ މިއަދު އާރިފްގެ އާއިލާ އަށް އޭނާ ގުޅާފައިވާ ކަމަށެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި އޭނާ މާލެވެސް އައިސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ