ހައުސިން ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ލިންކުތަކެއް ހިމެނޭ ފޭކް މެސެޖުތަކެއް ފޮނުވަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ބައެއް ކަހަލަ ލިންކުތަކެއް ހިމެނޭ ގޮތަށް އާއްމުންނަށް މެސެޖުތަކެއް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ކޯޕަރޭޝަނުން ވަނީ އެކަމަށް ސަަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
"މި ކޯޕަރޭޝަންގެ ފަރާތުން މިފަދަ މެސެޖުތަކެއް ނުފޮނުވާނެ ވާހަކަ ދަންނަވާލަމެވެ،" އެޗްޑީސީ އިން ބުންޏެވެ.
https://twitter.com/hdcmaldives/status/1631681858240118790?s=20
މިފަހަކަށް އައިސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ނަމުގައި ސްކޭމް ހިންގާ މީހުން އަންނަނީ އާއްމުންނަށް ގުޅާ މެސެޖުތައް ކުރަމުންނެވެ.
މީގެކުރިން ވެސް ވަނީ ފެނަކަ ކޯޕަރޭޝަނާއި އެޗްޑީސީ އަދި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުގެ ނަމުގައިވެސް ވަނީ ފޭކް މެސެޖުތަކެއް ފޮނުވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ