މާލޭގައި މޯބައިލް ފޯނު ރިޕެއާ ކުރާ ފިހާރައަކުން ފޯނު ހެދުމަށްފަހު ސައްހަ ނޫން ޓްރާންސާ ސްލިޕެއް ފޮނުވި މައްސަލައެއްގައި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވަނީ އެ ތިން މީހުން ފެންނަ ވީޑިއޯއެއް އާއްމު ކޮށްފައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އަންހެނެކެވެ.
https://twitter.com/policemv/status/1632304492380053504?s=46&t=M9M5hUKhSMLW6TzFVtCYOQ
އަދި ބުނީ އެ ތިން މީހުންނަކީ އަޅިވިލާ މަގުގައި ފްރީޑަމް މޯބައިލް ސަރވިސް އިން ސަރވިސްކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުންތަކެއް ކަމަށެވެ.
އެހެންކަމުން އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ