ހުޅުމާލޭގައި ހިންގަމުން އަންނަ ކެފޭ އަކަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުުހުން މިރޭ ބުނީ ހުޅުމާލޭގެ "ޖޫސް ޓައިމް" އަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ކެފޭ އަށް ގެއްލުން ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލެއްގައި އައި ދެ މީހަކު ވަނީ އެ ކެފޭ އަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ މައްސަލާގައި ފުލުހުން ވަނީ އެ ސައިކަލު ވެސް ހޯދައިފައެވެ. އެ މީހުންގެ މޫނު ވަނީ ހެލްމެޓުން ނިވާ ކޮށްފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި