ކޮންމެ އަހަރެއްގެ ރަމަޟާން މަހަކުވެސް ދިނުމަށް ގާނޫނުން ލާޒިމް ކޮށްފައިވާ ރަމަޟާން މަހުގެ އިނާޔަތް މިމަހުގެ 19ވަނަ ދުވަހު ސަރުކާރު މުވައްޒަފުންނަށް ލިބިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރެފައިވާ މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނެފައި ވަނީ އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ލިބިގެން ދާނީ އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ކަމަށެވެ.
އެ މިނިސްޓްރީން ވަނީ އިތުރު އެހެން ވަޒީފާތައް އަދާކުރާ މުވައްޒަފުންގެ އޮފީސްތަކަށް އެކަން އަންގާފައެެވެ.
މީގެއިތުރުން ރޯދަ އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި 'ޕޭ ލީވް" އާއި "ސްކޮލާޝިޕް މުވައްޒަފުން" އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން ނުހިމެނުމަށް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ. ނަމަވެސް އެފަދަ އެއްވެސް ލީވެއްގައި ހުރި މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އަނބުރާ ވަޒީފާ އަށް ނިކުމެއްޖެ ނަމަ އެ މުވައްޒަފު ވަޒީފާ އަށް ނިކުތް ދުވަހުން ފެށިގެން އިނާޔަތް ދިނުމަށް އެ މިނިސްޓްރީން ބުންޏެވެ.
ލޭބާ ރިލޭޝަން އޮތޯރިޓީ އިން ވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ އިނާޔަތް މުވައްޒަފުންނަށް ދިނުމަށް ހަނދާން ކޮށްދީފައެވެ.
އެ އޮތޯރިޓީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގެ 51ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭން ވާނެ ކަމަށެވެ.
އެހެންނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭކަމާއި، އިނާޔަތް ދިންކަމުގައިވިޔަސް، ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ވަނީ އެ އޮތޯރިޓީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުންވެސް، މިހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް އެ އޮތޯރިޓީން ވަނީ ހަނދާން ކޮށްދީފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ