އައްޑޫން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދަނިކޮށް ރޭ މެންދަމު ރޯވި ހިތަދޫ "އާގަލާ" ބޯޓު އަޑިއަށް ދިޔަ ވަގުތު ބައެއް މުދާތައް ފެން މައްޗަށް އަރާ އޮޔާދާތީ ސަމާލުވާން އެދިއްޖެއެވެ.
"އާގަލާ" ގައި އަލިފާން ރޯވީ މ. ތުވަރު ކައިރިން ރޭ މެންދަމު 3:00 ޖަހާ އެހާކަށްހާ އިރު އެވެ. ބޯޓްގައި ރޯވުމުން އޭގައި ތިބި މީހުން ކަނޑަށް ފުންމާލި އެވެ. އެއީ 5 ދިވެއްސަކާއި 5 އިންޑިއާ މީހަކާއި 5 ބަންގްލަދޭޝް މީހުންނެވެ. ގެއްލިފައި ވަނީ އިންޑިއާ މީހެކެވެ.
އަލިފާން ރޯވުމުގެ ސަބަބުން ބޯޓު އަޑިއަށް ދިޔައީ މިއަދު 8:20 އެހާކަށްހާ އިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އާގަލާގެ ބައެއް މުދާތައް އޮޔާ ދަނީ މ. އަތޮޅުގެ އުތުރުން ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރަމުން އަންނަ އުޅަނދުފަހަރުތައް ސަމާލުވާން ވަނީ އިލްތިމާސް ކޮށްފައެވެ.
އެ ބޯޓުން އެކަކު ގެއްލިފައިވާތީ އޭނަ ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި