ހުޅުލޭގެ އިރުއުތުރު ފަރާތުގައި ހުޅުލެ އާއި ހުޅުމާލޭގެ ފަޅު ވަކި ކުރުމަށްޓަކައި، ވޯޓާ ފެންސް ޖެހުމަށް ހަރުކޮށްފައިވާ އޮރެންޖު ބޮއި ސަރަހައްދުގައި ޕައިލިން މަސައްކަތް ކުރުމަށް އެސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދު ފަހަރުތަށް ނެގުމަށް އަންގައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ އުޅަނދުތައް ނެގުމަށް އަންގައިފައެވެ.
އެ ކުންފުނިން ބުނީ އޮރެންޖު ބޮއި އިން ފެށިގެން އުތުރަށް (ހުޅުމާލެ ފަޅިއަށް) 20 މީޓަރު ނުވަތަ 65 ފޫޓުގެ ދުރުމިނެތް ކަނޑު އުޅަނދު ފަހަރުގެ ރައްކާތެރިކަމަށްޓަކި ބެހެއްޓުމަށް ދަންނަވާ ކަމަށެވެ.
އަދި އެމްއޭސީއެލް އިން އެ ސަރަހައްދަށް ވަންނަ އެއްވެސް ކަނޑު އުޅަނދު ފަހަރުތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
އެކުންފުނިން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން އެ ސަރަހައްދުގައި ބަހައްޓާ ކަނޑު އުޅަނދު ފަހަރު ދިވެހި ފުލުހުންގެ ހިދުމަތުން ނަގަމުންދާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ