ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނޭޓު ބޭންކު މެދުވެރިކޮށް ވަގަށް ދެ ލައްކަ ރުފިޔާގެ ވިޔަފާރިކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފިއެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވާ ދެ މީހުންނަކީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީިހެކެވެ. އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ. އަދި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައި ދީފައެވެ.
ފުރަތަމަ ޖެހި ބަންދުގެ މުއްދަތު ހަމަވުމުން އެ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް އަނެއްކާވެސް ވަނީ ގެންދެވިފައެވެ. މިފަހަރުވެސް ކޯޓުން ވަނީ އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައި ދީފައެވެ.
ފުލުހުން ބުނީ އިންޓަނެޓް ބެންކް ކްރެޑެންޝިއަލް ކޮމްޕްރަމައިޒްކުރުމަށް ފަހު އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެ ކިއު.އާރު ކޯޑް ސްކޭން މެދުވެރިކޮށް 200،000 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާގެ މުދާ އެ ދެ މީހުން ގަނެފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ