އައްޑޫން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދަނިކޮށް އަލިފާން ރޯވި ހިތަދޫ “އާގަލާ” ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.
“އާގަލާ” ގައި އަލިފާން ރޯވީ މ. ތުވަރު ކައިރިން ރޭ މެންދަމު 3:00 ޖަހާ އެހާކަށްހާ އިރު އެވެ. ބޯޓްގައި ރޯވުމުން އޭގައި ތިބި މީހުން ކަނޑަށް ފުންމާލި އެވެ. އެއީ 5 ދިވެއްސަކާއި 5 އިންޑިއާ މީހަކާއި 5 ބަންގްލަދޭޝް މީހުންނެވެ. ގެއްލިފައި ވަނީ އިންޑިއާ މީހެކެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ "އާގަލާ" ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަން 72 ގަޑިއިރަށް ފަހު ހުއްޓާލާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164 ސްކެއާ ކިލޯމީޓަރުގެ ގެ ސަރަޙައްދެއް ބަލާފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި