ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތަށް ދަރިވަރުން ބަދަލު ކުރާނީ ވަސީލަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް މިހާރު އިމާރާތް ކޮށްފައި ހުރީ ބޮޑުތަކުރުފާނު މަގަށްވާ ގޮތަށެވެ. އެތަނަށް ދަރިވަރުން ބަދަލު ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތަށް ދަރިވަރުން ބަދަލު ކުރާނީ އާ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށްފަހު ކަމަށެވެ. އަދި އާ ސްކޫލަށް ދަރިވަރުން ބަދަލުކުރާނެ ދުވަހެއް ކަނޑައެޅުމަށްފަހު އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދަރުމަވަންތަ ސްކޫލު ކުދިން މިހާރު ކިޔަވަމުން އަންނަނީ، ވެލާނާގެ ކައިރީގައި ހަދާފައިވާ ވަގުތީ އިމާރާތެއްގައެވެ. އެތަނުގައި އެ ސްކޫލުގެ ދަރިވަރުން ކިޔަވަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.
އެޑިއުކޭޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދަރުމަވަންތަ އާ އިމާރާތަށް ދަރިވަރުން ބަދަލު ކުރުމަށް ފަހު ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލުގެ ކުދިން ބަދަލު ކުރުމަށެވެ. އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަމުން ދިޔަ އިމާރާތް ބާވުމާއި ގުޅިގެން އެ ސްކޫލުގެ ކުދިން އެ އިމާރާތުން ނެރެ އެކުދިންނަށް ވެސް ވަނީ ވަގުތީ އިމާރާތެއް ހަމަޖައްސައި ދީފައެވެ.
އަރަބިއްޔާގެ ދަރިވަރުންނަށް ހަމަޖައްސައި ދީފައި ވަނީ އެމްޓީސީސީ ސޯމިލް އިމާރާތެވެ. އެ އިމާރާތަކީ މީގެކުރިން ފޮރިން މިނިސްޓްރީ ވެސް ވަގުތީ ގޮތުން ހިންގަމުން ދިޔަ އިމާރާތެވެ. މިހާރުވެސް އެ އިމާރާތުގައި އެ މިނިސްޓްރީގެ ބައެއް އަންނަނީ ހިންގަމުންނެވެ. އެހެންކަމުން އަރަބިއްޔާ ސްކޫލުގެ ބެލެނެވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މީގެއިތުރުން އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ދީފައިވާ ބާ ޖަމާލުއްދީން ބިމުގައި މަސައްކަތް ކުރިޔަށްދާ ސްޕީޑާއި މެދު ވެސް އެ ބެލެނެވެރިން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ