ޑައިވް ކުރަން ފޭބި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
އެކަމާއި ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 9:12 އެހާކަށްހާއިރު އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި ފަތުރުވެރިއެއްގެ ހާލު ސީރިއަސްވެގެން އއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 46 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ އެ ފަތުރުވެރިޔާގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި