ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ބުނީ އެ މަގާމުގެ އަސާސީ މުސާރަ އަކީ 31،000 ރުފިޔާ ކަމަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށާއި އަދި ރިސްކު އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ލިބޭނެ ކަމަށެވެ.
މީގެއިތުރުން ރައްޔިތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ލިބިގެން ދާނެ ކަމަށް ޖޭއެސްސީ އިން ކޮށްފައިވާ އިއުލާނުގައިވެއެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތްތަކަށެވެ. އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށާއި އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު ޖޭއެސްސީގެ ފަހިރެސް ޕޯޓަލް އަށް (https://apply.jsc.gov.mv)ހުށަހެޅުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.
ޖޭއެސްސީ އަށް އިސްގާޒީއަކު ހޯދަން އިއުލާނު ކޮށްފައި މިވަނީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ