ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކެޑަށް ހުރަސް އެޅި މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ރޭ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން ވަގުތު މާލޭގައި އިދިކޮޅު ކޯލިޝަނުން ގެންދިޔައީ އިހުތިޖާޖު ކުރަމުންނެވެ. އަދި ރައީސް ދުއްވާފައި ދިޔަ މޮޓޯކެޑަށް ވަދެވުނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށެވެ.
އެއާއެކު މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ މޮޓޯކެޑަށް ހުރަސް އަޅާފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހަތަރު ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ރޭ އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 8 ފިރިހެނުންނާއި 9 އަންހެނުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން، އެ މޮޓޯކެޑު ހުއްޓުވުމަކީ ރައީސް ސޯލިހަށް ސަލާމަތީ ބާރުތަކުން ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފެއިލްވުން ކަމަށް ބުނާ މައްސަލަ 241 ކޮމެޓީން ބަލަން ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ