ސައުދީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް ދެމުން އަންނަ ކަދުރުގެ ތެރެއިން މިއަހަރު ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 50 ޓަނުގެ ކަދުރު ރަސްމީކޮށް މިއަދު ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގައި ކަދުރު ބަހަން ފަށާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
https://twitter.com/MVIaffairs/status/1638103017726590976?s=20
މި އަދަދަކީ އާއްމު ގޮތެއްގައި ސައުދީން ކަދުރު ފޮނުވާ އަދަދެވެ. ނަމަވެސް 2021ވަނަ އަހަރު ކޮވިޑްގެ ތެރޭގައި ރާއްޖެ އަށް ފޮނުވި ކަދުރުގެ އަދަދު މަދެވެ. އެފަހަރު ފޮނުވީ 25 ޓަނުގެ ކަދުރެވެ.
ކަދުރު ބެހުމުގެ މަސައްކަތް ކުރަމުން ގެންދާނީ އިސްލާމިކް މިނިސްޓްރީއާއި ސިޓީ ކައުންސިލް ގުޅިގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ