ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކެޑަށް ހުރަސް އެޅި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން ރޭ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން ވަގުތު މާލޭގައި އިދިކޮޅު ކޯލިޝަނުން ގެންދިޔައީ އިހުތިޖާޖު ކުރަމުންނެވެ. އަދި ރައީސް ދުއްވާފައި ދިޔަ މޮޓޯކެޑަށް ވަދެވުނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށެވެ.
އެއާއެކު މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ މޮޓޯކެޑަށް ހުރަސް އަޅާފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހިމެނެނީ ތިން ފިރިހެނަކާއި އަންހެނެއް ކަމަށެވެ،
ފުލުހުން ބުނީ މީގެތެރެއިން ދެމީހަކަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ. މީގެތެެރޭގައި އަންހެން މީހާ ވެސް ހިމެނެއެވެ. ދެން ތިބި ދެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން، އެ މޮޓޯކެޑު ހުއްޓުވުމަކީ ރައީސް ސޯލިހަށް ސަލާމަތީ ބާރުތަކުން ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފެއިލްވުން ކަމަށް ބުނާ މައްސަލަ 241 ކޮމެޓީން ވެސް އަންނަނީ ބަލަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ