މިއަހަރުގެ ރަމަޟާން މަހުގައި މާލެ ސަރަހައްދުގައި 26 މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލޭގެ 16 މިސްކިތެއްގައި މިއަހަރު ރަމަޟާން މަހު ތަރާވީހް ނަމާދު ކުރާނެ ކަމަށެވެ. ވިލިމާލޭގެ އެއް މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާނެ ކަމަށާއި އަދި ހުޅުމާލޭގެ 10 މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ. އެކަން ހާމަ ކުރީ މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އިއްވި ބަޔާނުގައެވެ.
މިނިސްޓަރު ވިދާޅުވީ ރޭ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައިނުވާ ކަމަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އެހެންކަމުން ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައެޅީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރޯދަ ހިފުމަށް ފަރުވާތެރިވެ މާތް ރަސްކަލާނގެ ރުއްސެވުމާއި މަޣުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ