މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފޮނުވި ލިސްޓުގައި ހިމެނޭ ފަރާތްތަކާއި އިންޓަވިއުކޮށް، މަޖިލިސް ތަޅުމަށް ފޮނުވާނެ ނަންތައް ފާސްކޮށްފިއެވެ.
ރައްޔިތުން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އެ ލިސްޓު ފޮނުވީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ލިސްޓުގައި ޖުމްލަ ފަސް ނަމެއް ހިމެނެއެވެ. އޭގެތެރެއިން އެންމެ ކުރީގައި އޮތީ އައިމިނަތު ނުޒުހާއެވެ. އޭނާ ވަނީ ރާއްޖެޓީވީގައި މީގެކުރިން ނޫސްވެރިއެއްގެ ގޮތުގައި އަދި ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.
މަޖިލީހަށް ފޮނުވި ލިސްޓު:
- އައިމިނަތު ނުޒުހާ، ރިވޯޑް ހއ.ހޯރަފުށި
- ހުސައިން އަމްރު، ވ. ރޯޝަން
- ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
- މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ
- މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ މަޖިލީހަށް ފޮނުވި ލިސްޓުގައި ތިބި ފަރާތްތަކާއި އިންޓަވިއުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ތިން ނަމެއް ފާސް ކޮށްފައެވެ. އެ ނަންތަކުގެ އެންމެ ކުރީގައި ވެސް އޮތީ ނުޒުހާއެވެ.
ކޮމެޓީން ފާސްކުރި ނަންތައް:
- އައިމިނަތު ނުޒުހާ، ރިވޯޑް ހއ.ހޯރަފުށި
- ހުސައިން އަމްރު، ވ. ރޯޝަން
- މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ
މި ފަރާތްތަކުން ބްރޯޑްކޮމް އަށް ކުރިމަތިލާފައި މިވަނީ އެ ކޮމިޝަނުގެ ނާއިބު ރައީސަކަށް ހުންނެވި އަހުމަދު ގައިސް އެ މަގާމުން އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ. ސިޔާސީ މަސައްކަތްތަކަށް ވަގުތު ހުސްކުރެއްވި ގައިސް މިހާރު ހުންނެވީ އެޗްޑީސީގެ ޑީއެމްޑީގެ މަގާމުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ