ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކެޑަށް ހުރަސް އެޅި މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިމަހުގެ 20ވަނަ ދުވަހުގެ ރޭ ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން ވަގުތު މާލޭގައި އިދިކޮޅު ކޯލިޝަނުން ގެންދިޔައީ އިހުތިޖާޖު ކުރަމުންނެވެ. އަދި ރައީސް ދުއްވާފައި ދިޔަ މޮޓޯކެޑަށް ވަދެވުނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށެވެ.
އެއާއެކު މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ މޮޓޯކެޑަށް ހުރަސް އަޅާފައެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި މީގެކުރިން ވެސް ބަޔަކު މީހުން ހައްޔަރުކުރިއެވެ. އެއީ ތިން ފިރިހެނަކާއި އަންހެނެކެވެ. މި މީހުންގެ ތެރެއިން އަންހެން މީހާ އާއި ފިރިހެނެއްގެ ބަންދަށް ފަސް ދުވަސް ޖެހިއެވެ. އަދި ދެން ތިބި ދެ ފިރިހެނުންނަށް 15 ދުވަސް ޖަހާފައިވެއެވެ.
މި މައްސަލާގައި އިއްޔެ ހައްޔަރު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސްއެވެ. އޭނާގެ ބަންދަށް އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން، އެ މޮޓޯކެޑު ހުއްޓުވުމަކީ ރައީސް ސޯލިހަށް ސަލާމަތީ ބާރުތަކުން ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފެއިލްވުން ކަމަށް ބުނާ މައްސަލަ 241 ކޮމެޓީން ވެސް އަންނަނީ ބަލަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ