ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށްފިއެވެ.
ހިޔާގެ ބައެއް ފްލެޓުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނީ މިއަދު ހަވީރު 17:20 ހާއިރުއެވެ. އެވަގުތުން ފެށިގެން ކަރަންޓު ކެނޑުނު މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ދިޔައީ ކުރަމުންނެވެ.
ހިޔާގެ ބައެއް ފްލެޓުތަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަންގެ ސްވިޗްގިއަރުގެ ބަސްބާ ޝޯޓުވުމާއި ގުޅިގެންނެވެ. ސަބްސްޓޭޝަންގެ ސުވިޗްގިއަރު ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެކުންފުނިން ބުނެއެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯ އިން މީގެކުރިން ބުންޏެވެ.
https://twitter.com/STELCOMALDIVES/status/1640393143387566081?s=20
ސްޓެލްކޯ އިން ބުނީ ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި އެކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ. އެކުންފުނިން ވަނީ ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑި، ދިމާވި ދަތިތަކަށް މާފަށް އެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ