އިސްލާމްދީނުގެ އަސްލުތަކާ މެދު ސުވާލު އުފައްދާ ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ހެދި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ޖަމްއިއްޔާގެ މައްސަލަ ގޯސްވި ހިސާބަކީ "ޕްރިމިލިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓެއް ފެންމަތިވުމުންނެވެ. ދެހާސްނަވާދަ ވަނަ އަހަރުގެ ފަހުކޮޅު ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ އުވާލާފައެވެ.
އެކަމަކު ޖަމިއްޔާ އުވާލަން ނިންމި ނިންމުމަކީ ޖަމިއްޔާތަކުގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ބާތިލްކޮށްދޭން އެމްޑީއެންގައި ހިމެނޭ ޝަހިންދާ އިސްމާއިލް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ކޯޓުން ވަނީ އެ މައްސަލަ ނިންމި ގޮތް އާއްމުކޮށްފައެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ އެމްޑީއެން އުވާލާފައިވަނީ ޖަމިއްޔާތަކުގެ ރަޖިސްޓަރާއަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
އަދި އެ ނިންމުން ރަޖިސްޓަރާ ނިންމާފައިވަނީ އެމްޑީއެން އިން ޝާއިއުކުރި ރިޕޯޓުގައި އިސްލާމްދީނާ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރުމުން ކަމަށް ކޯޓުގެ ހުކުމްގައިވެއެވެ.
އަދި އެ ޖަމިއްޔާގެ ރަޖިސްޓްރީ ބާތިލްކުރުމަށް ޔޫތް މިނިސްޓްރީ ދަށުގައިވާ ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ބާތިލް ނިންމުންތަކެއް ކަނޑައެޅޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ހުކުމްގައިވެއެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި