ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނަށް ހަތަރު ފަރާތަކުން ކުރިމަތިލައިފިއެވެ.
ހައިކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 13ވަނަ ދުވަހުއެވެ. އެ މަގާމަށް ކުރިމަތިލާފައި ވަނީ:
މަރްޔަމް ވަހީދު / ބެލޫން, ސ.ފޭދޫ
2. މުހައްމަދު ޝަނީޒް / ހަނދުވަރީނާޒް, ގދ.ގައްދޫ
3. އަލީ އަހްމަދު / ބިއްދޮށުގެ, ފ.ނިލަންދޫ
4. މުހައްމަދު މިންހާޖް / ހިރިލަންދޫގެ, ސ.ފޭދޫ
އެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާ ލިބިގެން ދާނެއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބިގެން ދާނެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެ ކަމަށާއި އަދި މަޖިލީހުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ލިބިގެން ދާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ