އުމްރާގެ އަޅުކަން އަދާކުރަން ސައުދިއަރަބިޔާ އަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވި އަލް އައިން ޖަމާއަތުގައި އުމްރާގެ އަޅުކަން އަދާކުރަން ދިޔަ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަށްވާ މުހައްމަދު ރަފީއު ނަމަކަށް ކިޔާ މީހެކެވެ. އުމްރާއަށް އޭނާ ފުރީ މި މަހު 19ގައެވެ. އެނބުރި ރާއްޖެ އަންނަން އޮތީ މިއަދުއެވެ.
އާއިލާގެ މީހަކު "ހަތާވީސް" އަށް ބުނީ، ރަފީއު ނިޔާވީ މައްކާގެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އާއިލާގެ މެމްބަރު ބުނީ ހޮސްޕިޓަލަށް ގެންދިޔާއީ ވަރަށް ބޮޑަށް ރޯގާ ޖެހިގެން އުޅޭތީ ކަމަށެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި