ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގައި އޮންނަ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެ ކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތްކުރި މުވައްޒަފު ވަޒީފާ އިން ވަކިކޮށްފިއެވެ.
އެޗްޑީސީ އިން މިއަދު ބުނީ އެ ކޯޕަރެޝަންގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެ ކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން އެ ކުންފުންޏަށް ފާހަގަވި ހިސާބުން އެ މައްސަލަ ބެލުމަށް ފަހު، ފިޔަވަޅު އަޅާ އެކަމުގައި ޝާމިލުވާ މުވައްޒަފު އިއްޔެ ވަޒީފާ އިން ވަކި ކޮށްފައިވާ ކަމަށެވެ.
އެ ކުންފުނިން މީގެކުރިން ބުނީ އެޗްޑީސީން ކުރާ އެއްވެސް މުއާމަލާތެއްގައި މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާ ކުރުމަކީ އެކުންފުނިން ކުރާނެ އަދި ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުވުމަށް އާއްމުންނަށް ވެސް އެޗްޑީސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ބައެއް މީޑިއާތަކުގައި އެ ބިން ވިއްކަން މަސައްކަތްކުރި މުވައްޒަފު އެއް މިލިއަން ރުފިޔާ ނެގި ކަމަށް ބުނާ ވާހަކަ އެޗްޑީސީ އިން ވަނީ ދޮގު ކޮށްފައެވެ. އަދި ބުނީ އެ ކުންފުނީގެ އުސޫލުތަކުގެ ތެރެއިން އެއްވެސް ބިމެއް ވިއްކުމުގެ ފުރުސަތު އެ މުވައްޒަފަށް ލިބިފައި ނުވާނެ ކަމަށެވެ.
އެޗްޑީސީ އިން ބުނީ އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިއުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯޓަލްގައި ރެޖިސްޓާ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެ ކަމަށާއި އަދި ބިން ވިއްކުމަށް ހުޅުވާ ވެސް ނުލާނެ ކަމަށެވެ.
އެފަދަ އަމަލުތައް ހިންގުމަކީ އެކުންފުނިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ އަމަލުތައް ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ