ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ލިބެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ އެފަދަ މެސެޖުތަކެއް ލިބެމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މެސެޖުތަކުގައި ލިންކުތަކެއް ހިމެނޭ ކަމަށާއި ނަމަވެސް އެއިން އެއްވެސް ލިންކަކަށް ނުފިތުމަށް އެދޭ ކަމަށެވެ.
އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފުލުހުންގެ އޮންލައިން ކްރިމް ރިޕޯޓިން ޕޯޓަލް http://police.gov.mv/crimereport ބޭނުން ކުރެވިދާނެ ކަމަށާއި ނޫން ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
https://twitter.com/PoliceMv/status/1642202545413320705?s=20
ދާދިފަހަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފައި ވަނީ ޗްޑީސީ ނަމުގައި ފޯނުކޯލު މެދުވެރިކޮށް އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ހޯދާފައިވާކަމުގެ ޝަކުވާވެސް ބޭންކަށް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ