އަހަރުގެ ފުރަތަމަ ހަތަރު މަހަށް އެޅިއިރު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމު ކޮށްފައިވާ ތަފާސް ހިސާބު ދެއްކި ގޮތުގައި މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 513،795 ފަތުރުވެރިން ވަނީ އައިސްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 21 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 424،610 ފަތުރުވެރިންނެވެ. 2021ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 292،204 ފަތުރުވެރިންނެވެ.
އެހެންކަމުން މިއަހަރުގެ މި މުއްދަތު ރާއްޖެ އައިސްފައި މިވާ ފަތުރުވެރިންގެ އަދަދަކީ މީގެ ކުރީ ދެ އަހަރާއި އަޅާ ބަލާއިރު ވެސް ވަރަށް ބޮޑަށް އިތުރު އަދަދެކެވެ.
ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުއެވެ. އެއީ 177،915 ފަތުރުވެރިންނެވެ. ޖެނުއަރީ މަހަކީ ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މަހެވެ. އެމަހުގެ ތެރޭގައި 177،499 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ މަހުގެ ފުރަތަމަ ދުވަހުން 29ވަނަ ދުވަހާއި ހަމައަށް 163,381 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މިއަހަރު ރާއްޖެ އަށް ކޮންމެ ދުވަހަކުވެސް އެވްރެޖު ގޮތެއްގައި 5,839 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖު ގޮތެއްގައި 8 ދުވަހު ރާއްޖޭގައި މަޑު ކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ