ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނާއި ގުޅިގެން އެމަގާމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ނަންތައް އިއުލާނުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ މިމަހުގެ 19ވަނަ ދުވަހުއެވެ. އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ފަސް އަންހެން ބޭފުޅުންނާއި ހަތް ފިރިހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އެ ބޭފުޅުންނަކީ:
1. އުއްމުކުލްޡޫމް އަބޫބަކުރު
2. ލިއުޝާދު އަބްދުއްސައްތާރު
3. ހައްމާދު ނަސީމް އަލީ
4. މުހައްމަދު މިންހާޖް
5. ފާތިމަތު ނަބާހާ
6. އާއިޝަތު ނުޒުހާ
7. އާއިޝަތު ނިހާ
8. އަބްދުލްމުހުސިން އަބްދުލްހަކީމް
9. ފާތިމަތު ސައީދު
10. ހަސަން ޝަމާމް
11. އަހްމަދު ނައުފަލް
12. އަލީ ނަސީރު
މި ފަރާތްތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރައްވާނެ ބޭފުޅެއް ކަނޑައަޅާނީ ޖޭއެސްސީންނެވެ. އެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސް އަދި ރިސްކް އެލަވަންސާއެކު 48،300 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ