މާލޭގެ އަމީނީމަގު ތަރައްގީ ކުރަމުން ގެންދާއިރު ސްޓެލްކޯގެ ބައެއް ހިދުމަތްތައް މެދުކެނޑެމުން އަންނަ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އިން އަންނަނީ ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް ކުރަމުން އަންނައިރު ސްޓެލްކޯގެ ބައެއް ހިދުމަތްތަކަށް އަންނަނީ ބުރޫ އަރަމުންނެވެ.
އެކަމާއި ގުޅިގެން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދި ސްޓެލްކޯ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޒަމާނީ ފެންވަރަކަށް އަމީނީމަގު ހެދުމުގެ މަސައްކަތްތައް ކުރަމުންދާއިރު ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން އެ މަސައްކަތް ހިނގަމުންދާ ސަރަހައްދުތަކުން އެކުންފުނީގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރަމުންދާ ކަމަށެވެ.
އެފަދަ ހާލަތްތަކުގައި ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކަށް އަލުން ހިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވަގުތުން ވަގުތަށް އެކުންފުނިން ކުރަމުން ގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ