ސިނަމާލެ ބްރިޖު ހައިވޭގައި އެއް ވަގުތެއްގައި ދެ އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ހަތާވީސް" އަށް މިރޭ ވިދާޅުވީ ބްރިޖުގެ ހުޅުމާލެ އިން މާލެ އަށް އަންނަ ލޭނުގެ އެއާޕޯޓު ލައިޓު ކައިރިން ތިން ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ އޭގެ ކުޑައިރުކޮޅެއް ފަހުން ހަމަ އެ ލޭނުގައި ދެ ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި ދެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރޭވެސް ބްރިޖު މަތީގައި އެކްސިޑެންޓެއް ވަނީ ހިނގައިފައެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ރޭ ބުންޏެވެ.
ފެން ކުންފުނީގެ ޑީއެމްޑީ ވެސް މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން ޕީޖީ އޮފީހުން ފިޔަވަޅުތަކެއް އަޅަން ނިންމައިފި
އެމްޕީއެލްގެ އެމްޑީ ރިޝްވާން މަގާމުން އިސްތިއުފާ ދެއްވައިފި
އެގްރޯނެޓުގެ އެމްޑީ މަގާމުން ވަކިކޮށްފި
ބޮޑުކުރި މަސްދަޅުގެ އަގު ކުރީގެ އަގަށް ތިރިކޮށްފި
ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުންދު މަގާމުން ވަކިކޮށްފި